Last Updated: February 18, 21:05
Tuesday, February 18, 2025
ދުނިޔެ

ޓްރަމްޕާއި ނަތަންޔާހޫ ބައްދަލު ކުރަނީ

އެމެރިކާގެ ރައީސް ޑޮޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ އަންގާރަ ދުވަހު ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން ހިއްސާކޮށް ނަތަންޔާހޫގެ އޮފީހުން ބުނީ އެ ބައްދަލުވުން އޮންނާނީ ވައިޓްހައުސްގައި ކަމަށެވެ. މިއީ މިދިޔަ މަހުގެ 20 ގައި ވެރިކަމުގެ ދެވަނަ ދައުރަކަޑް ހަވާލުވި ފަހުން ޓްރަމްޕްގެ ގައުމެއްގެ ވެރިޔަކާ ވައިޓް ހައުސްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

އެގޮތުން ޔަހޫދީ ދައުލަތުގެ ވެރިޔާއާ އެކު ޓްރަމްޕް ބާއްވާ ބައްދަލުވުމުގައި މިހާރު މެދުކަނޑާލާފައި އޮތް ގާޒާ ހަނަގުރަމާ އާއި އަސީރުން ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާ ގޮތަށް ހަމަޖެހިފައިވެ އެވެެ.

ވެރިކަމަށް އައިސް ޓްރަމްޕް ވަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހިތްވަރު ދީ، ގާޒާ އިން ފަލަސްތީނުގެ ރައްޔިތުން ނެރެ ހުސްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ޓްރަމްޕްގެ އެ ވާހަކަތައް ބައެއް ގައުމުތަކުން ކުށްވެރި ވެސްކޮށްފައިވެ އެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތައިލަން ފެށި ހަނގުރާމަ މިދިޔަ މަހުގެ ތެރޭގައި 'ހުއްޓުމަކަށް' ގެނަ އިރި، އިޒްރޭލުން ވަނީ 40،700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، މުޅި ގާޒާ ސުންނާފަތިކޮށްފަ އެވެ.