Last Updated: May 6, 06:12
Tuesday, May 6, 2025
ޚަބަރު

ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކުރަން މުހުލަތެއް

އޮޕަރޭޝަން "ކުރަނގި" ގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ ޑޭޓާތައް އަޕްޑޭޓްނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޯސްޠެއްގައި މިއަދި ބުނީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ މާޗް 15 ގެ ކުރިން ވަޒީފާ ފަރާތްތަކުން މިނިސްޓްރީގެ ފޮރިން ލޭބާއާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށް ބުންޏެވެ.

މާލެ ސަރަހައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ ކަންކަން ކުރަމުން އަންނަނީ ދަނީ އެންސީއައިޓީގައި ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރަކުންނެވެ.

އެ ސެންޓަރުން ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7690228 އަށް ގުޅައިގެން ނުވަތަ މިއަށް operation.kurangi@mohst.gov.mv މެއިލްކޮށްގެން ހޯދޭނެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ފެށި އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިދިޔަ މަހުގެ 18 އާ ހަމައަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ޑޭޓާ އެއްކޮށްފައިވެ އެވެ.