Last Updated: July 25, 13:16
Saturday, July 25, 2026
ޚަބަރު

އެމްޕީއެލްގެ އެމްޑީ މަގާމުން ވަކިކޮށްފި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހީމް މިއަދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު ވަކިކޮށްފައިވާ ކަމަށެވެ.

ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރީ ނޮވެމްބަރު 28، 2023، ގަ އެވެ.

ވަޖީހު މަގާމުން ވަކިކުރިއިރު، އޭނާ އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.