ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ= ކްރައިމް ސެންޓަރުން އެދިއްޖެއެ ވެ.
ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރުވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.
ޝައްކު އުފެދޭ ލިސްޓިން އަދި ޕޯސްޓް ތަކަށް ސަމާލުވުމަށް އެދި ސައިބަ ކްރައިމް ސެންޓަރުން ވަނީ ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް އެދިފަ އެވެ. އަދި ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދު ނަމަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީން ކުރުމަށް ވެސް އެދިފައިވެ އެވެ.
ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއް ނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުމަށާއި އެގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތިރަށް ބަލަން ފުރުސަތު ލިބިގެން ދާނެ ކަން ސެންޓަރުން ފާހަގަކުރެ އެވެ.
ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަ ކުރުމަށް ވެސް ސައިބަ ކްރައިމް ސެންޓަރުން އެދިފައިވެ އެވެ.