Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ޑްރަގް މައްސަލައެެއްގައި މަރަދޫ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އައްޑޫ މަރަދޫ މީހަކު ފުލުހަށް ހާޒިރުވާން އަންގައި އޭނަގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ މަރަދޫ ނިޔަދުރުމާގޭ، އިބްރާހީމް މަގުސޫދު، 47، އެވެ.

ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އޭނަ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ނުވަތަ ވީ އެންމެ އަވަހަކަަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް މަގުސޫދު ހާޒިރުވާން އަންގާފައިވެ އެވެ.