Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގަނީ

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް އޮފީހެއް އައްޑޫ ހިތަދޫގައި ހިންގަން އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އޮފީސް ހިންގަން އިމާރާތެއް ބޭނުން ވަނީ ހިތަދޫން ކަމަށެވެ. އެހެންވެ ތަނެއް ކުއްޔަށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ހިތަދޫ ދިރާމުލީގަ އެވެ.

ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް ހަމަ އެ ތަނުގައި މި މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ އެވެ.

އިތުރު މައުލޫމާތު މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.