Last Updated: June 9, 17:50
Tuesday, June 9, 2026
ޚަބަރު

ފޭކް ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ވިލިމާލޭގެ ފިހާރައަކުން ވިޔަފާރިކޮށް، ސައްހަ ނޫން ޕޭމަންޓް ސްލިޕެއް ފޮނުވި މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން ފަށައިފި އެވެ.

ވީޑިއޯއެއް އާންމުކޮށް ފުލުހުން މިއަދު ބުނީ އެ މީހާ އަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވިލިމާލޭގެ "ސިމިނީ މާޓް" އިން ވިޔަފާރިކުރުމަ ށްފަހު ފައިސާ ޓްރާންސްފާކުރި ކަމުގެ ސައްހަ ނޫން ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

އެހެންވެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.