ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް "އައްޑޫ ވިޔަފާވެރިންގެ ބާޒާރު: ރޯދަ ސޭލް" ބާއްވަން ނިންމައި އޭގައި ބައިވެރިވާން ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މި ބާޒާރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 21-25 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކަމަށެވެ. ބާޒާރު ކުރިއަށް ދާނީ އެ މުއްދަތުގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މީގައި މުދާ ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކަށް ސްލޮޓް ހޯދަން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 އާ ހަމައަށެވެ. އެގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ރަޖިސްޓްރީ ވާނީ މި ލިންކް forms.gle/6ci3HbbgsTuT3YDd6 މެދުވެރިކޮށެވެ.
ކައުންސިލުން ބުނީ ބާޒާރުން ޖުމްލަ 21 ސްޓޯލެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، 17 ސްޓޯލް ވިޔަފާރިތަކަށް ރެޔަކަށް 150ރ. ރުފިޔާގެ ރޭޓުން އަދި ހަތަރު ފުޑް ސްޓޯލް ރެޔަކަށް 200ރ. ރުފިޔާގެ ރޭޓުން ފީ ނަގާނެ އެވެ.