Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ޔާމީންއާ އިންސާފު އަރާ ހަމަކުރާނެ: ފަލާހު

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އިންސާފު އަރާ ހަމަކުރާނެ ކަމަށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑާ ކުރާ ހަމައެކަނި ރައީސް ކަމަށް، ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރައީސް މުއިއްޒަކީ މި ޤައުމު ދުށް އެއްމެ އަމާނާތްތެރި ރައީސް ކަމަށާއި އަދި ޔާމީނަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުށް އެންމެ މަކަރުވެރި، ޚިޔާނާތްތެރިޔާ ކަމަށެވެ. އަދި ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވުމަށް ފަލާހު ވަނީ ޔާމީނަށް ގޮވާލާފަ އެވެ.

"ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވާ. އިންސާފު އަރާ ހަމަ ކުރާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް ތަފާތު އެކި ދައުވާތަކެއް އުފުލާފައިވެ އެވެ.