Last Updated: February 18, 21:58
Tuesday, February 18, 2025
ޚަބަރު

ގާސިމްގެ ބައޮގްރަފީ މި މަހު 10 ގައި ނެރެނީ

ގާސިމް އިބްރާހިމް - ފޮޓޯ: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ މާމިމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ޙަޔާތްޕުޅާއި ގުޅޭގޮތުން ލިޔެފައިވާ ބަޔޮގްރަފީ މި މަހު ނެރުމަށް ނިންމައިފި އެވެ.

މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ވިލާ ކޮލެޖުގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. މި ބައޮގްރަފީ ލިޔުއްވާފައިވަނީ މަޝްހޫރު ލިޔުންތެރިޔާ، މުޙައްމަދު ޖަމީލެވެ.

މި ފޮތް ނެރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައޮގްރަފީ ހިމެނޭ ވެބްސައިޓެއް އިފްތިތާޙު ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް ވެސް އެރޭ ވިލާ ކޮލެޖުގައި ކުރިއަށްދާނެ އެވެ.

މި ފޮޓޯ މައުރަޒު އާންމުންނަށް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް ހުޅުވާލެވިފައި ހުންނާނެ އެވެ. ފޮޓޯ މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައޯގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.