އޮސްޓްރޭލިއާގައި މޫދަށް އެރި އުޅުނު ފުރާވަރުގެ އަންހެން ކުއްޖަކަށް މިޔަރެއް ދިން ހަމަލާއެއްގައި މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު މި ހާދިސާ ހިނގާފައި ވަނީ ކްއީންސްލޭންޑްގެ ވޫރިމް ބީޗްގަ އެވެ. އުމުރުން 17 އަހަރުގެ ކުއްޖާ މަރުވީ މޫދުގައި ފަތަން އުޅެނިކޮށް މިޔަރު ދިން ހަމަލާގައި ސީރިއަސް ގެއްލުންތަކެއް ލިބި، އެ ހާދިސާ ރިޕޯޓްކޮށް ޕެރަމެޑިން ފަރުވާ ދެމުން ދަނިކޮށެވެ.
އަންހެން ކުއްޖާ އަށް މިދިޔަ ހަމަލާ ދިން ސަރަހައްދަކީ ގިނަ އަދަދަކަށް މިޔަރު އުޅޭ ތަނެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
އިއްޔެ ވެސް މިޔަރު ހަމަލާއެއްގައި އޮސްޓްރޭލިއާ އިން މީހަކު މަރުވެފައިވެ އެވެ.