Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

އާދަމް ޝަރީފް ފިލިޕީންސަށް

ފިލިޕިންސްގެ ވެރިރަށް މެނީލާ އަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ވަޑައިގެންފި އެވެ.

މިއީ ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

އެ ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި މިނިސްޓަރު ވިދާޅުވީ މި ދަތުރުގެ އެންމެ ބޮޑު އަމާޒަކަށް ހައްދަވާނީ ކާމިޔާބުކަމާއެކު ލާމަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި އެ ކަންކަން ކުރައްވާ ގޮތް ދެނެ، ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ އަލީގައި ހޯއްދެވުން ކަމަށެވެ.

މިނިސްޓަރުގެ އަރިހުގައި މި ދަތުރުގައި، ލޯކަލް މިނިސްޓްރީގެ ލޯކަލް ގަވަރމންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.