Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ޑިމޮކްރެޓްސް އިން 'މިނިވަން ބަހުސް' ބާއްވަނީ

'މިނިވަން ބަހުސް' ގެ ނަމުގައި ސިޔާސީ ފޯރަމްތަކެއް ބާއްވަން ދަ ޑިމޮކްރެޓްސްގެ ފަރާތުން ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ ސިލްސިލާކޮށް ކުރިިއަށް ގެންދާ ފުރަތަމަ ފޯރަމް ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެ ފޯރަމްގެ މައުޟޫއަކަށް ހަމަޖައްސާފައި ވަނީ "ޑިމޮކްރަަސީ ޔޫޓާންއެއް ނެގީ ކޮން އިރަކު؟" މއެވެ.

މި ފޯރަމް ބާއްވާނެ ތަނަކާއި ގަޑި އަދި ޑިމޮކްރެޓްސް އިން އިއުލާނެއް ނުކުރެ އެވެ.

އެ ޕާޓީން "މިނިވަން ބަހުސް" ބާއްވަން ނިންމި އިރު، 2023 ގައި އުއްފެދި ޕާޓީގައި ކުރިން އިސްކޮށް ތިއްބެވި ބޭފުޅުންތަކެއް ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ލީޑަޝިޕްގައި މިހާރު ތިއްބެވީ އާ ބޭފުޅުންތަކެކެވެ. ޑިމޮކްރެޓިކްސްގެ މިހާރުގެ ރައީސަކީ ކުރީގެ މަޖިލިސް މެންބަރު އިމްތިއާޒް ފަހުމީ އެވެ.