Last Updated: February 18, 21:58
Tuesday, February 18, 2025
ޚަބަރު

ލަންކާއާ އެކު އޮތީ ޒަމާންވީ ހާއްސަ ގުޅުމެއް

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮތީ ޒަމާންވީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ލަންކާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިިގެން އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އާއި ބޮޑުވަޒީރު ހަރިނީ އަމަރަސޫރިއާ އަށް ތަހުނިޔާ ވިދާޅުވެ އާންމުކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.

އޭގައި ރައީސް ވިދާޅުވީ ރާއްޖެ އާއ ލަންކާއާ ދެމެދު އޮތީ ގާތް އެއްގޮތްކަމާއި އިހުުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހާއްސަ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެހެންވެ އަވައްޓެރިކަމުގެ އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓްގައި ލަންކާގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތި ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.