Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލައިފި އެެވެ.

މިއަދު މެންދުރު އެ މާރާމާރީ ހިންގާފައި ވަނީ މާވެޔޮ މަގުގައި ހުންނަ ކެފޭ "ތަސީރު" ތެރޭގަ އެވެ. މި މާރާމާރީގައި އަނިޔާވި މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.

ފުލުހުން ބުނީ މަރާމާރީއެއްގެ މައްސަލަ މެންދުރު 12:10 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މާރާމާރީގައި ޒަހަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެ އެވެ.

ފަހަކަށް އައިސް މާލޭގައި ބިދޭސީންގެ މެދުގައި މާރާމާރީ ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މާރާމާރީއެއްގައި ދާދި ފަހުން މީހަކު ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.