ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން ނާޒިލް ބައެއް މީޑިއާތަކަށް ވިދާޅުވީ އަބްދުއްރަހީމާ ބައްދަލު ކުރެއްވީ އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާ ލިބިފައިވާތީ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ. އަދި އެ ނޫން ވާހަކައެެއް އެ ބައްދަލުވުގައި ނުދެކެވޭ ކަމަށް އޭނަ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ވެސް އިއްވަން ހަމަޖެހިފައިވާ ބުރާސްފަތީގެ ޖަލްސާ އަށް ތައްޔާރީތައްވަމުން އަންނަ އިރު، އެ މަނިކުފާއި އަބްދުއްރަހީމާ ގުޅުން ގޯސްވެފައިވާކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިލަކުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވެސް ވަކި ކުރައްވައިފަ އެވެ.