Last Updated: June 9, 16:37
Tuesday, June 9, 2026
ޚަބަރު

ސައީދު، އިންޑިއާ ސަފީރާ ބައްދަލުކޮށްފި

މި މަހުގެ ކުރީކޮޅު އިންޑިއާ ސަފީރާ އެކު ސައީދު.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމާނިއަމްއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުން މިއަދު މިނިސްޓްރީގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރު ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުުން މަޝްވަރާ ކުރައްވައި އިގުތިސާދީ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ.

އިންޑިއާ އަށް ރާއްޖެ އަށް އެކި ދާއިރާތަކުން އަބަދު ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ގައުމެކެވެ.