Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

އައްޑޫން ވެސް ހޮނިހިރުގައި ޕާސްޕޯޓް ދޫކުރަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިިގެން އައްޑޫގައި ވެސް ޕާސްޕޯޓް ދޫކުރަން ނިންމައިފި އެވެ.

އެގޮތަށް ހަމަޖެހުނުކަން ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގަ އެވެ.

އޭނަ ވިދާޅުވީ ހޮނިހިރު ދުވަހު ޕާސްޕޯޓްގެ ޚިދުމަތް ދޭން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެގޮތުން އެކަން ދެވަނަ އަށް ފަށާ ތަނަކީ އައްޑޫ ކަމަށް ޝަމާން ވިދާޅުވި އެވެ. އައްޑޫގައި އިމިގްރޭޝަން އޮފީސް ހިންގަނީ މަރަދޫގަ އެވެ. އެގޮތުން އައްޑޫ ގައި މިހާތަނަށް ޕާސްޕޯޓް ދޫކުރަމުން އައިސްފައި ވަނީ ހަފްތާގެ ރަސްމީ ފަސް ދުވަހު އެވެ.

ޝަމާން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށާނެ ކަމަށާއި އެކަމުގެ ތައްޔާރީތައްވެފައިވާ ކަމަށެވެ..