Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ރިޔާސީ ބަޔާން އިއްވާ ދުވަހު މަޖިލިސް ކައިރިއަށް އެއްވަނީ

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވާން ނިންމައިފި އެވެ.

އެމްޑީޕީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ރިޔާސީ ބަޔާނުގައި، އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަންކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެ އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 73 ޕަސެންޓު މަސައްކަތް ވަނީ ނިންމާފަ އެވެ.