އައްޑޫގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީހުގެ އާ އިމާރާތް މި އަހަރު ނިމޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމާން ވަހީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަަޑުން އިއްޔެރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އޭނަ ވިދާޅުވީ އެ އިމާރާތުގެ 65 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
"އައްޑޫގައި އަޅާ އިމިގްރޭޝަން އޮފީހުގެ ގާތްގަނޑަކަށް ޕަސްދޮޅަށް ފަހެއް އިންސައްތަ ވަނީ ނިމިފައި،" ޝަމާން ވިދާޅުވި އެވެ. "މި އަހަރު މަސައްކަތް އެއްކޮށް ނިމި އޮފީހުގައި މަސައްކަތް ކުރަން ފެށޭނެ."
އައްޑޫ އިމިގްރޭޝަން އޮފީސް 2022 އިން ފެށިގެން މަރަދޫގައި ހިންގަމުން އަންނަނީ މަރަދޫގަ އެވެ. ކުރިން އައްޑޫގައި އިމިގްރޭޝަންގެ ހިދުމަތް ދެމުން އައީ ހިތަދޫގަ އެވެ.