Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

'މިނިވަން ބަހުސް' ހުކުރު ދުވަހުގެ ރޭ

ދަ ޑިކޮމްރެޓްސް އިން ބާއްވަން ނިންމާފައިވާ "މިނިވަން ބަހުސް" ގެ ފުރަތަމަ ފޯރަމް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ އެ އިވެންޓް އޮންނާނީ އެރޭ 8:30 ގައި މާފަންނު ބޮނޑިބަތް ޕާކްގައި ކަމަށެވެ. "މިނިވަން ބަހުސް" ގެ ފުރަތަމަ ފޯރަމްގެ މައުޟޫ އަކީ "ޑިމޮކްރަސީ ޔޫ-ޓާން ނެގީ ކޮން އިރަކު؟" އެވެ.

މި އިވެންޓް ރާއްޖެ ޓީވީ އާއި އެސްއެސްޓީވީ ދިވެހި ޗެނެލް އިން ލައިވް ވެސް ކުރާނެ އެވެ.

"މިނިވަން ބަހުސް" ގެ ނަމުގައި ޑިމޮކްރެޓްސް އިން ސިލްސިލާ ފޯރަމްތަކެއް ބާއްވަން ނިންމި އިރު، މިއީ ކުރީގެ ރައީސް މައުމޫން ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު މައުމޫންގެ ސަރުކާރާ ދެކޮޅަށް ފާޑުކިޔަން ފެށި ހަރަކާތެއްކަން ފާހަގަކޮށްލެވެ އެވެ. އޭރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނެވެ.