މިދިޔަ އަހަރު ދަރިޔަކު ވެސް ލިބިިފައި ވަނިކޮށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންޔެރިޔާ ޖަސްޓިން ބީބާގެ ކައިވެނި ރޫޅައިލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ބީބާ އާއި އަންހެނުން ހެއިލީ ބީބާ ވަރިވާން ނިންމާފައިވާތީ ދަރިފުޅުގެ މައްސަލަ އާއި ވަރީގެ ބަދަލު ހެއިލީ ހޯދުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ދާން މިހާރު އަންނަނީ ވާހަކަ ދެކެވެމުންނެވެ،. އެގޮތުން ދަރިފުޅު އެއްކޮށް ހެއިލީގެ ބެލުމުގެ ދަށުމަށް ގެނައުމާއި ވަރީގެ ބަދަލަށް 300 މިލިއަން ޑޮލަރު ހޯދަން ހެއިލީ ހުށަހަޅާފައިވެ އެވެ.
މި ވާހަކަތައް މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް ބީބާ އާއި ހެއިލީ މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފަ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ. ބީބާ އާއި ހެއިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ގައި ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ ޖެކް ބްލޫސް ބީބާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބީބާ އާއި ހެއިލީ ވަކިވާން ނިންމީ "ބޭއަދަބީ އެތައް ގުޅުމެއްގެ ސަބަބުން" ބޮޑު ކޯޓް ކޭސްތަކެއްގެ ތެރެއަށް ވެއްޓިފައިވާ މިއުޒިޝަން ޝޯން ޑިޑީގެ ފަރާތުން ބީބާ އަށް ލިބިފައިވާ "އެކި ބާވަތުގެ އަނިޔާ" ގެ ވާހަކަތައް ތިލަވެ، އޭނަ ނަފުސާނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓި މިހާރު މަސްތުވާތަކެތީގެ ވަބާގައި ވެސް އަލުން ޖެހިފައިވާތީ އެވެ.
ޑިޑީގެ މައްސަލަތައް ކޯޓްގައި އަންނަނީ ހިނގަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝޯން "ގުޅުން ހިންގި" މީހުންގެ ތެރޭގައި ބީބާ ވެސް ހިމެނެ އެވެ. އޭނަ އަކީ ކުރިން ބީބާގެ މެންޓޯއެކެވެ.