Last Updated: February 18, 20:29
Tuesday, February 18, 2025
ޚަބަރު

މޯލްޑިވިއަނުން އިތުރު 2 ގައުމަކަށް އެޖެންޓުން ހޯދަނީ

ބައެއް ގައުމުތަކަށް މިދިޔަ އަހަރު ވެސް ޖެނެރަލް ސޭލްސް އޭޖެންޓުން ހޯދަން އިއުލާންކުރި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް އަނެއްކާ ވެސް އިތުރު ދެ ގައުމަކަށް އެޖެންޓުނން ހޯދަން އިއުލާންކޮށްފި އެވެ.

އެ އެއާލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ އެޖެންޓުން ހޯދަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރަށާއި ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 އާ ހަމައަށް ވަނީ ހުޅިވާލައިފަ އެވެ. އީއައިއޯ ހުށަހަޅާނީ މި procurement.admin@iasl.aero މެއިލް މެދުވެރިކޮށެވެ.

ތައިލޭންޑާއި މެލޭޝިއާ އަށް ސޭލްސް އެޖެންޓުން ހޯދަން މޯލްޑިވިއަނުން ހުޅުވައިލި އިރު، އެ އާލައިނުން މިހާރު ދެ ގައުމުތަކަށް ދަތުރުތައް ބާއްވަ އެވެ. އެއީ އިންޑިއާގެ އިތުރުން މިދިޔަ މަހު ގެނައި ވައިޑް ބޮޑީ ބޯޓްގައި ޗައިނާ އަށެވެ. ވައިޑް ބޮޑީގެ އިތުރު ބޯޓެއް މި އަހަރުގެ ފަހުކޮޅު ގެނެސް ޔޫރަޕަށް ވެސް ދަތުރުތައް ފަށަން މޯލްޑިވިއަނުން އޮތީ ނިންމައިފަ އެވެ.