Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

މާދަމާ ބަންދަސް ޕާސްޕޯޓް ދޫކުރާނެ

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ މާދަމާގެ ހެނދުނު 08:30 އިން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އެވެ.

އިމިގްރޭޝަނުން ބުނީ ދި ހަމައެކަނި އެމަޖެންސީ ހާލަތްތަކުގަ އާއި އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް މާދަމާގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ ހަމައަށް ޕާސްޕޯޓު ނެގޭނެއެވެ. އެގޮތަށް ޕާސްޕޯޓަށް އެދެވޭނީ އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށެވެ. ކަމަށް

މާދަމާ ޕާސްޕޯޓްހގެ ހިދުމަތް ލިބޭނީ ވެލާނާގ ބިލްޑިންގުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނާއި
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގުގެ އިތުރުން ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް 1، 2ވަނަ ފަންގިފިލައިންނެވެ.

މާދަމާ ރަސްމީ ބަންދު ދުވަހަކަށް ހަމަޖެއްސީ މި އަހަރުގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވާތީ އެވެ. އެގޮތުން ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ވެސް އިއްވަވާނެ އެވެ.