ބާޑް ފްލޫއާ ހެދި އެމެރިކާގައި ބިހުގެ ޑިމާންޑް ބޮޑުވެ، އަގު ވެސް އުފުލިފައި ވަނިކޮށް އެމެރިކާގެ ބިހުގެ ވިޔަފާރިކުރާ މީހެއްގެ އަތުން 100،000 ބިސް ވަގަށް ނަގައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިާ ގޮތުގައި ބިސް ވަގަށް ނަގާފައި ވަނީ ޕެންސިލްވީނިއާގެ ބިހުގެ ވިޔަފާރިކުރާ "ޕީޓް އެންޑް ގެރީސް އޯގަނިކް" އިންނެވެ.
އެތަނުން ވަގުންތަކެއް ގެންދިޔަ ބިހުގެ އަގު 40،000 ޑޮލަރަށް އަރަ އެވެ.
ޕެންސިލްވީނިއާގެ ފުލުހުން ބުނީ ގިނަ އަދަދެއްގެ ބިސް ވަގަށް ނެގި މައްސަލަ ރިޕޯޓްކުރީ މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. މި ވައްކަމާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ބިހުގެ ވަގުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.
ބާޑް ފްލޫއާ ގުޅިގެން ބިހުގެ ސަޕްލައި މަދުވެ މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގައި ބިހުގެ އަގު 65 ޕަސެންޓަށް އުފުލުނެވެ. އަދި މި އަހަރުގެ ތެރޭގައި ބިހުގެ އަގު 20 ޕަސެންޓަށް އުފުލޭނެ ކަމަށް އެގްރިކަލްޗާ ޑިޕާޓްމަންޓުން އަންދާޒާކޮށްފައިވެ އެވެ.