Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

މަސްތުގެ ހާލަތުގައި ހަމަނުޖެހުން ހިންގުމުން ހައްޔަރަށް

މަސްތުގެ ހާލަތުގައި މާލޭގެ މަގުމަތީގައި ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މުރަނގަ މަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ހަމަނުޖެހުން ހިންގާފައިވާކަމުގެ މައުލޫމާތު ލިބިގެން ރޭ ދަންވަރު 12:05 އެހާކަށްހާ އިރު ލިބުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ، ދިލާސާގޭ، އިބްރާހިމް ޒާހީ ސުލައިމާން ކަމަށެވެ.

އޭނަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.