Last Updated: February 18, 21:05
Tuesday, February 18, 2025
މުނިފޫހިފިލުވުން

ފާތިމާ އާއި މާދްވަންގެ ފިލްމުގެ ޓީޒާއެއް

ތަފާތު ލޯބީގެ ގުޅުމަކަށް ހަދާފައިވާ ފިލްމު "އާޕް ޖޭސާ ކޮއީ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ފާތިމާ ސަނާ ޝައިހާއި އާރް މާދްވަން ލީޑް ރޯޅު ކުޅެފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމެކެވެ.

މި ރޮމޭންޓިކް ޑްރާމާގެ ޑައިރެކްޓަރަކީ ދަރުމާގެ 2021 ގެ ރޮމޭންޓިމް ކޮމެޑީ "މީނާކްޝީ ސުންދޭޝްވަރް" ގެނެސްދިން ވިވެކް ސޯނީ އެވެ. އޭނަ މިހާރު އަންނަނީ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ހިނައިގެން ދަރުމާ އަށް "ޗާންދު މޭރާ ދިލް" ކިޔާ ފިލްމެއް ވެސް ހަދަމުންނެވެ.

"އާޕް ޖޭސާ ކޮއީ" ގެ ޓީޒާ ދައްކައިލި ނަމަވެސް ބެލުންތެރިންނަށް ފިލްމު ދޫކޮށްލާ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.