މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ އައްޑާއަކުން ބަޔަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ކްރިނިމަލް ކޯޓުން އިއްޔެ ބަމްދަށް މުއްދަތު ޖެހީ އައްޑާ ހހިންގާ މީހާ އާއި އެތަން ރެއިޑްކުރި އިރު ވަގުތު ހިދުމަތް ހޯދަން ގޮސް ތިބި ތިން މީހެކެވެ.
މާފަންނުގައި ހިންގަމުން އައި މި ޑްރަގް އައްޑާ އިން މަސްތުވާތަކެތި އަޅާފައިވާ ކަމަށް ބެލެވޭ ރަބަރު ޕެކެޓާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައިވާ ކަމަށް ވެސް އަމުރުގައވިވެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ވިޔަރާރީގައި އިސްކޮށް ހުރީ ތ. ތިމަރަފުށީ އަންނާރުމާގޭ މުހައްމަދު ސިޔާހް، 37، އެވެ. އޭނަގެ ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު، ސިޔާހު އަކީ ކުށުގެ ރެކޯޑާއި ބަންދު ރެކޯޑު ވެސް އޮތް މީހެކެވެ.
ހައްޔަރުކުރި އަނެއް ތިން މީހުންނަކީ ފުވައްމުލައް، ދޫޑިގަން ލަންސިމޫގޭ ޖިނާން އަނީސް، 39، އާއި ގއ. ކޮލަމާފުށީ ނިވައިދަށުގޭ
މުހައްމަދު ޝައުގީ ހުސައިން، 60، ގެ އިތުރުން ރ. ދުވާފަރު ޗަންޕާގޭ މުހައްމަދު އަބްދުއްޝަކޫރު، 36، އެވެ.
މި މީހުންގެ ބަންދަށް ޖެހީ 7 ދުވަހެކެވެ.