ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތަކަށް އެ ރަށު ސްޓެލްކޯގެ އިންޖީނުގޭގެ މުވައްޒަފުން 126,560ރ. ރުފިޔާ ހަދިޔާކޮށްފި އެވެ.
"ހެލްޕް ގާޒާ: ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިމަންދޫގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާ އެކު، ރަށު ކައުންސިލާއި ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމިއްޔާތައް ގުޅިގެންނެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ބުނީ ގާޒާގެ ރައްޔިތުންނަށް އެހީތެރިވާން ހިންގި އެ ހައިރާތީ ހަރަކާތުން ޖުމްލަ 260,800ރ. ރުފިޔާ ލިބުނު ކަމަށެވެ. އޭގެ ތެރެއިން 126,560ރ. އަކީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންވެ މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުން އަންނަ ނަމޫނާއަށް ފަހުރުވެރިވާކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.