Last Updated: February 18, 20:43
Tuesday, February 18, 2025
ޚަބަރު

މަރަދޫފޭދޫ ޤުރުއާން މުބާރާތަށް ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އައްޑޫ މަރަފޭދޫގައި ބާއްވަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އަވަށު އޮފީހުން އިންތިޒާމުކޮށްގެން "ތަރުތީލުލް ޤުރުއާން މުބާރާތް" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ ކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށާއި ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަށާއި އަދި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ބާއްވަމުން އަންނަނީ 2022 އިން ފެށިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންނާއި ބޮޑެތި މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ. އެޕްލައި ކުރާނީ މި ލިންކް tinyurl.com/mr36n4w7 މެދުވެރިކޮށެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6891523 އިން ހޯދޭނެ އެވެ.