"ހަފުތާ ރެސް" އދ. އަތޮޅުގައި ފަށައިފި އެވެ.
އިއްޔެ މަހިބަދޫގައި ފެށި ޕްރޮގްރާމްގައި އެ އަތޮޅު ހުރިހާ ރަށަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ. ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީ އާއި އެންސީޓީސީ ގުޅިގެން މި އަހަރު ހިންގާ " ހަފުތާރެސް" ގެ ފުރަތަމަ ޕްރޮގްރާމެވެ.
މިދިޔަ އަހަރު "ހަފުތާ ރެސް" ގެ ތިން ޕްރޮގުރާމެއް ވަނީ ބޭއްވި އެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ އައްޑޫގަ އެވެ. ދެވަނަ ޕްރޮގްރާމް ބޭއްވީ ހދ އަތޮޅުގައެވެ. އަދި ތިން ވަނަ ޕްރޮގުރާމު ބޭއްވީ ގދ. އަތޮޅުގަ އެވެ.