Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

ރާއްޖޭގެ މީޑިއާތަކަށް ޗައިނާގެ ސެމިނާއަކަށް ފުރުސަތު

ޗައިނާގައި ބާއްވާ ނޫސްވެރިކަމާ ގުޅޭ ސެމިނާއެއްގައި ބައިވެރިވުމުގެ ފުރުސަތު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް ހުޅުވާލައިފި އެވެ.

"ސެމިނާ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯގަނައިޒޭޝަން ފޯ ބީއާރުއައި ޕާޓްނާ ކަންްޓްރީސް"ގެ ނަމުގައި ބާއްވާ އެ ސެމިނާ ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 20 އިން އޭޕްރީލް 2 އަށެވެ.

އެމްއެމްސީން މީޑިއާތަކަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިން ނޫސްތަކަށާއި ބްރޯޑްކާސްޓިން މީޑިއާތަކަށް ވެސް ދޭނެ އޮންނާނެ ކަމަށެވެ. އެގޮތުން ކޮންމެ އޮންލައިން މީޑިއާއަކުން އެއް ބޭފުޅަކަށާއި ބްރޯޑްކާސްޓިން މީޑިއާތަކުން ވެސް އެއް ބޭފުޅަކަށް ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެ އެވެ.

އެމްއެމްސީން ބުނީ ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން ކަމަށެވެ.

ސެމިނާގައި ބައިވެރިވާން ބޭނުންވާ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 އާ ހަމައަށެވެ.

ކުރިން ވެސް އެކި ދަތުރުތަކުގައި ރާއްޖޭގެ ނޫސްވެރިން ޗައިނާއަށް ދަތުރުކޮށްފައިވެ އެވެ.