Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މަޖިލިސް ހުޅުވުން: ނަން އިއްވި މެންބަރުން ނެރެފި

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާ ޖަލްސާ މިއަދު ފަށައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އަޑުގަދަ ކުރައްވަން ފެއްޓެވި އެމްޑީޕީގެ މެންބަރުން ނެރެ ޖަލްސާ އަލުން ފަށައިފި އެވެ.

ރައީސް މިހާރު ގެންދަވަނީ ރިޔާސީ ބަޔާން އިއްވަމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭ ގޮތަށް އެ ޕާޓީގެ ގިނަ މެންބަރުތަކެއް ނަން އިއްވައި މަޖިލީހުން ވަނީ ނެރެފަ އެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.