Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އަހަރީ ފީ ބަހާލައިގެން ދައްކަން 58 ހުށަހެޅުމެއް

އަލަށް ތަޢާރަފުކުރި އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތަށް މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅައިފި އެވެ.

އެ ހިދުމަތަށް އެދި ހުށަހެޅި 58 އެޕްލިކޭޝަނުގެ ތެރެއިން މިހާތަނަށް 20 އެޕްލިކޭޝަނަށް ޚިދުމަތް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ ބާކީ ހުރި އެޕްލިކޭޝަންތަށް ވެސް ރިވިއު ކުރުމަށް ފަހު ވީ އެންމެ އަވަހަކަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

މި އާ އުސޫލު ތަޢާރަފުކުރީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުންނެވެ.

އުސޫލުގެ ދަށުން އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އޮތޯ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓާއި ހޮޓްލައިނުން ހޯދޭނެ އެވެ.