Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

ލ. އަތޮޅުގައި ސިފައިންގެ އަސްކަރީ ތަމްރީނެއް

ލ. އަތޮޅުގައި ސިފައިންގެ އަސްކަރީ ތަމްރީނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްޑީއެފުން ބުނީ މި ތަމްރީނު ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 8 އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް ކަމަށެވެ. ތަމްރީނު ކުރިއަށް ގެންދަން ނިންމާފައި ވަނީ ލ. ފޮނަދު އާއި މާންދު އާއި ގަން މުކުރިމަގާއި މަތިމަރަދޫ އަދި ތުނޑި ސަރަހައްދުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރި ނަމަވެސް ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށެވެ.