Last Updated: May 10, 14:05
Saturday, May 10, 2025
ދުނިޔެ

ނޫސްވެރިއަކަށް ޓްރަމްޕް "މަލާމާތްކޮށްފި"

ބުނި އެއްޗެއް އެއްވެސް ވަރަކަށް ދޭހަނުވި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަފްގާނިސްތާނަށް ނިސްބަތްވާ އަންހެން ނޫސްވެރިޔަކަށް "މަލާމާތްކޮށްފި" އެވެ.

އިިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކި ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އަފްގާނިސްތާންގެ ނޫސްވެރިޔާ ނަޒީރާ ކަރީމީ ޓްރަމްޕާ އިނގިރޭސި ބަހުން ސުވާލުކުރީ އޭނަގެ ވެރިކަމުގައި އަފްގާނިސްތާންގެ ތާލިބާނުންގެ ސަރުކާރާ މެދު ގެންގުޅޭ ސިޔާސަތާ ބެހޭ ގޮތުންނެވެ.

ނޫސްވެރިޔާ ސުވާލާ ގުޅިގެން ސުވާލު އެއްވެސް ވަރަކަށް ދޭހަނުވި ކަމަށާއި ކޮން ގައުމެއްގެ ނޫސްވެރިއެއްތޯ ޓްރަމްޕް ސިވާލު ކުރައްވަ އެވެ. އަދި އެ ނޫސްވެރިޔާ އަފްގާނިސްތާނޭ ބުނުމުން އަޑު ރީތި ކަމަށާއި ވާހަކަ ދެއްކި އެކްސެންޓް ވެސް ރީތި ކަމަށް ވިދާޅުވ އެވެ.

"އެކަމަކު ތި އެހި އެއްޗެއް އެއްވެސް ވަރަކަށް އަހަންނަކަށް ދޭހައެއް ނުވި." ޓްރަމްޕް ނޫސްވެރިޔާ އަށް ވިދާޅުވި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޥޝަލް މީޑިއާގައި ދައުރުވެ، ޓްރަމްޕަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.