ބޮލީވުޑްގެ ތަރި އާމިރު ޚާން މިހާރު ރައްޓެހިވެގެން އުޅޭ މީހާ އަށް ކިޔަނީ ގޯރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެ ކައިވެނި ރޫޅިފައިވާ 59 އަހަރުގެ އެކްޓަރު ބެންގްލޫރަށް ނިސްބަތްވާ މީހަކާ ޑޭޓްކުރަމުން އަންނަ ވާހަކަ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އެ މީހާގެ ނަމަކީ ގޯރީކަން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
ގޯރީ އެ ނަމަކީ ޝާހްރުކް ޚާންގެ އަންހެނުން ވެސް ނަމެވެ.
ބައެއް މީޑިއާތަކުން ބުނީ އާމިރުގެ ބައިވެރިޔާ، ގޯރީ އަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި އާއިލާގެ މީހުންނަށް ވެސް ގޯރީ ތައާރަފުކޮށް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އާމިރުގެ ދެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ އަންހެނުން ރީނާ ދައްތާއާ 2001 ގައި ވަކިވި އިރު، އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ މިހާރު ފިލްމު ވެސް ކުޅެމުން އަންނަ ޖުނައިދު ޚާން، 31، އާއި މިދިޔަ އަހަރު ކައިވެނި ކޮށްފަވާ އިރާ ޚާން، 27، އެވެ.
އާމިރާއި ޑައިރެކްޓަރު ކިރަން ރާއޯ 2005 ގައި ކުރި ކައިވެނި 2021 ގައި ރޫޅައިލާ އިރު، ލިބިފައިވާ ދަރިފުޅު އާޒާދު ރާއޯ ޚާނަށް މިހާރު 13 އަހަރެވެ.
ކުރީގެ ދެ އަނބިންނާއި އާމިރާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮވެ އެވެ.
އާމިރުގެ 60 ބަނަ އުފަން އަންނަ މަހުގެ ވަރަށް ކުލަގަދަ ފާހަގަކުރަމުން އަންނަނީ ތައްޔާރުވަމުންނެވެ. މީޑިއާތަކުން ބުނާ ގޮތުގައި އޭނަގެ އާ ބައިވެރިޔާ އެ ހަފުލާ އިން ފެނުމުގެ އުންމީދު ވެސް އެބައޮތެވެ. އާމިރުގެ އުފަން ދުވަހަކީ މާޗް 14 އެވެ.