Last Updated: May 10, 14:05
Saturday, May 10, 2025
ދުނިޔެ

އާޖެންޓީނާ ވެސް ޑަބްލިއުއެޗްއޯ އިން ވަކިވަނީ

އާޖެންޓީނާގެ ރައީސް ޒާވިއާ މިލީ.

އާޖެންޓީނާ ވެސް ޑަބްލިއުއެޗްއޯ އިން ވަކިވާން ނިންމައިފި އެވެ.

މިކަން އިއްޔެ މީޑިއާތަކާ ހިއްސާ ކުރައްވައި ސަރުކާރުގެ ތަރުޖަމާނު މެނުއެލް އެޑޯނީ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އާޖެންޓީނާ ވަކިވާން ރައީސް ޒޭވިއާ މިލީ ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ ޖަމާއަތުން އެ ގައުމުން ވަކިވާން ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ފޮރިން މިނިސްޓަރު ޖެރާޑޯ ވެތީން އަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އާޖެންޓީނާ އިން ބުނީ އެ ގައުމު ޑަބްލިއުއެޗްއޯ އިން ވަކިވާން ނިންމީ ސިއްހީ ދާއިރާއާ ގުޅުން ހުރި ކަންކަމިހެ ބަދަލުގައި ގައުމުގެ ހާރިޖީ ކަންކަމާ އެ ޖަމާއަތުން ބެހޭތީ ކަމަށެވެ. އެހެންވެ އެ ފުރުސަތު ޑަބްލިއުއެޗްއޯ އަށް ދީގެން، އާޖެންޓީނާ އެ ޖަމާއަތުގައި އޮންނަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން އާޖެންޓީނާ އިން ބުނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ވެސް ޑަބްލިއުއެޗްއޯގެ އެހީތެރިކަން އެކަށިގެންވާ ގޮތެއްގައި ލިބިފައި ނުވާ ކަމަށާއި އެ ޖަމާއަތުގެ ޒިންމާދާރުކަން މިހާރު ވަރަށް ކުޑަ ކަމަށެވެ.

މިދިޔަ މަހު އެމެރީގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ޑޮނަލްޓް ޓްރަމްޕް ވަނީ އެމެރިކާ ވެސް ޑަބްލިއުއެޗްއޯ އިން ވަކިވާން ގަރާރެއް ނެރުއްވައިފަ އެވެ.