Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ކެފޭގައި މާރާމާރީ ހިންގި މީހާ ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކުހައްޔަރުކޮށްފި އެ ވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ސިދާތާ ގުރުން، 24، ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކެފޭގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާރާމާރީގައި ކައްކާގެ އިތުރުން އެ ކެފޭގެ ބަދިގޭގައި މަސައްކަތްކުރާ މީހަކަށް ވެސް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެހީތެރިޔާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.