Last Updated: June 9, 16:37
Tuesday, June 9, 2026
ޚަބަރު

އައްޑޫ ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ މި މަހު ބީލަމަށް

އައްޑޫގައި ހަދަން ނިންމާފައިވާ "ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ" ގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވޫ އައްޑުއާ އެކު ޖުމްލަ ތިން ސަރަހައްދެއްގައި މިފަދަ ޝެލްޓާތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.

"ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ" އަކީ ގެވެށިއަނިޔާތައް ލިބޭ މީހުންނަށް އެހީތެރިކަންް ފޯރުކޮށް ދޭން ހަދާ ތަނެކެވެ.

ރައީސް ވިދާޅުވީ ފޭދޫގައި ހަދަން ނިންމާފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ކުރިއަށްގެން ދިޔުމަށް ޢިއުލާން ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.