ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ރިޔާސީ ބަޔާނަކީ ވަރަށް އުންމީދީ ބަޔާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ލީޑަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މިއަދުގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ އެހާމެ ތަފުސީލީ ބަޔާނެއް ކަމަށެވެ.
"މި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެ ނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަ ޖެހިގެން ދާނެކަން ޔަގީން،" ނާޒިމު ވިދާޅުވި އެވެ. އުންމީދަކީ އިންގިލާބީ އަހަރަކަށް މި އަހަރު ވެގެން ދިއުން."
ރައީސް ޑރ.މުޢިއްޒު @MMuizzu މިއަަދު ދެއްވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއް. މިރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަން… pic.twitter.com/5ltC9MOPae
— Mohamed Nazim (@nazim7878) February 6, 2025
ރައީސް މިއަދު ދެއްވި ރިޔާސީ އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުމާއި ތަރައްގީ އަށް މިހާތަނަށް ފެށިފައި ހުރި ކަންކަމާއި ކުރަން ރާވާފައި ހުރި ވަރަށް ގިނަ ކަންކަމުގެ ވާހަކަތައް ހިއްސާކުރައްވާފައިވެ އެވެ.