Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ޖޯންގެ "ދަ ޑިޕްލޮމެޓް" މާޗް 7 ގައި

ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމްގެ "ދަ ޑިޕްލޮމެޓް" އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޓީޒާ ދައްކާލައިފި އެވެ.

ޖޯން ޕްރޮޑިއުސަފރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމަކީ ރިތޭޝް ޝާހްގެ ސްކްރީންޕްލޭއަކަށް ޝިވަމް ނައިރް ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ތުރިލާއެކެވެ. "ދަ ޑިޕްލޮމެޓް" ގައި ދައްކުވައި ދޭނީ ޕާކިސްތާނަށް ގެންގޮސް ގަދަކަމުން އެ ގައުމުގެ މީހަކާ ކައިވެނި ކުރަން މަސައްކަތްކުރާ އިންޑިއާގެ ޒުވާން އަންހެނަކު އަނބުރާ ގައުމަށް ގެންނަން ޑިޕްލޮމެޓިކަކު ކުރާ މަސައްކަތްތަކެވެ.

މީގެ ކާސްޓްގައި "ޝިކާރާ" އާއި "ރަކްޝަންބަންދަން" އިން ފެނިފައިވާ ބަތަލާ ސާދިއާ ޚަތީބާއި ކުމުދު މިޝްރާ އަދި ޝާރިބް ހާޝިމީ ހިމެނެ އެވެ.

ޖޯން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އެކްޝަން ޑްރާމާ "ވޭދާ" އިންނެވެ.