އައިޖީއެމްއެޗްގެ އެމެޖެންސީމުގައި ފަރުވޭދެނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މިއަދު ބުނީ އެ މީހާ މަރުވީ އިއްޔެ ކަަމަށާއި އައިޖީއެމްއެޗް އިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 11:30 ހާއިރު ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތެއް ނުބުނި ނަމަވެސް އެ މީހާ ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފުލުހުން ފާހަގަކޮށް ބުނީ ފަރުވާ ދެމުން ދަނިކޮށް އެ މީހާ ކުއްލިއަކަށް ތެދުވެ ދުއްވައިގަންނަން އުޅެނިކޮށް ވެއްޓުނު ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދިން ކަމަށެވެ.
އަދި ފުލުހުން ބެލި ބެލުމުން ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި އާއިލާގެ ފަރާތުން ތުހުމަތުތަކެއްކޮށް އެފަދަ ޝަކުވާއެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިފަދަ މައްސަލައެއް ހުށަހެޅުމުން އާންމު އުސޫލާ އެއްގޮތަށް އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނެގި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސުވާލުތަކެއް އުފެދިފައި ހުރުމުން ޖަވާބުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.