Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ފަނޑިރާރަކަށް އިންޒާރު ދިން މީހާ ވައްކަންކޮށްފި

ކޯޓު އިމާރާތުގެ ތެރެއަށް ވަދެ ފަނޑިޔާރަކަށް ކުރިން އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި ފަތްކޯނި، އަހްމަދު ނިޝާނެވެ. އޭނަ ފަނޑިޔާރަކަށް އިންޒާރު ދިނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ނިޝާން އެ ފަހަރު ހައްޔަރުކޮށް ބަންދަން 30 ދުވަސް ޖެހި އެވެ.

އޭނަ މި ފަހަރު ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވެ އެވެ.

ނިޝާނަކީ ކުރިން ވެސް ތަފާތު ކުށްތަކުގެ ރެކޯޑްތައް އޮންނަ މީހެކެވެ.