Last Updated: May 10, 14:05
Saturday, May 10, 2025
ދުނިޔެ

ގެއްލުނު ބޯޓް ފެނުނީ ވެއްޓިފައި އޮއްވައި

ދިހަ މީހުންނާ އެކީ ދަތުރުކުރި ފަހުން ބުރާސްފަތި ދުވަހު ގެއްލުނު އެމެރިކާގެ އެލަސްކާ އަށް ނިސްބަތްވާ ކުޑަމަތިންދާ ބޯޓެއް ވެއްޓިފައި އޮއްވައި ފެއްނިއްޖެ އެވެ.

އެމެރިކާގެ ކޯސްޓްގާޑުން ބުނީ ބެރިން އެއާގެ ސެސްނާ ކެރަވަން މަރުކާގެ ބޯޓް ފެނުނީ އެލަސްކާގެ ނޯމްގެ ދެކުނު އިރުމައްޗާ 43 މޭލު ދުރުން ކަމަށެވެ. ބޯޓް ފެނުނު އިރު، އެ އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ބޯޓުން ތިން މީހެއްގެ ހަށިގަނޑު ނަގާފައިވާ އިރު، އޭގެ ހާލަތު އޮތް ގޮތުން ބާކީ ތިބި މީހުން ނެގޭ ގޮތެއް އަދި ނުވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

ބޯޓް ގެއްލި އެ ވެއްޓިފައި އޮއްވައި ފެނުނު ހާދިސާ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.