Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

ވެލާވަރުގެ އެހީގައި ރިނބުދޫ ސްކޫލަށް ކޮމްޕިއުޓާ ލެބެއް

އަންގްސާނާ ވެލާވަރު ރިސޯޓްގެ އެހީގައި ދ. ރިނބުދޫ ސްކޫލުގައި ކޮމްޕިއުޓަރު ލެބެއް ގާއިމުކޮށްފި އެވެ.

އެ ލެބް ހަދަން ރިސޯޓުން 175،000ރ. ޚަރަދުކޮށްފައިވެ އެވެ.

އެގޮތުުން ސްކޫލުގައި ގާއިމުކުރި ކޮމްޕިއުޓަ ލެބްގައި މިވަގުތު ހުރީ ހަ ކޮންޕިއުޓަރެވެ. މީގެ އިތުރުން 75 އިންޗީގެ ޓީވީއެއް ވެސް ރިސޯޓުން އެތަނަށް ހަދިޔާކޮށްފައިވެ އެވެ.

ރިނބުދޫ ސްކޫލުން ބުނީ އުންމީދަކީ އެތަނުން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަށް ޑިޖިޓަލް ލާނިން ތަޢާރަފުކޮށް، ކޮންމެ ކުއްޖަކީ ވެސް ކޮންޕިއުޓާ ބޭނުން ކުރަން އެނގޭ ކުއްޖަކަށް ހެދުން ކަމަށެވެ. އަދި ބެލެނިވެރިންނަށް ވެސް ކޮންޕިއުޓަ ކުލާސްތަށް ތަޢަރަފު ކުރަން ސްކޫލުން ވަނީ ނިންމައިފަ އެވެ.

ރިނބުދޫ ސްކޫލަކީ 100 އަށް އަށް ވުރެ މަދު ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.