Last Updated: July 15, 18:06
Wednesday, July 15, 2026
މުނިފޫހިފިލުވުން

'ޖުރަސިކް ވޯލްޑް ރީބާތު' ގެ ޓްރެއިލާ ދައްކާލައިފި

ހޮލީވުޑުން ގެނެސްދޭ ސައިންސް ފިކްޝަން ފިލްމު ސީރީޒް "ޖުރަސިކް" ގެ ކުރިއަށް އޮތް ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ ޖުލައި 7 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ޖުރަސިކް ވޯލްޑް ރީބާތު" 2022 ގެ "ޖުރަސިކް ވޯލްޑް ޑޮމިނަން" އާ ގުޅުުވައިގެން ގެނެސްދޭ ފިލްމެކެވެ.

ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ސްކާލެޓް ޖޮހަންސަން، މެހެރްޝާލާ އަލީ، ޖޮނަތަން ބެއިލީ، ރުޕަޓް ފްރެންޑް، މެނުއެލް ގާޝިއާ-ރަފްލޯ، ލޫނާ ބްލެއިޒް، ޑޭވިޑް އިއަކާނޯ އަދި އެޑް ސްކެރިން ހިމެނެ އެވެ.

"ޖުރަސިކް ވޯލްޑް ރީބާތު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ 1993 ގެ "ޖުރަސިކް ޕާކް" އާއި 1997 ގެ "ދަ ލޮސް ވޯލްޑް: ޖުރަސިކް ޕާކް" ވެސް ލިޔުނު ޑޭވިޑް ކޮއެޕް އެވެ.