Last Updated: June 9, 16:37
Tuesday, June 9, 2026
ޚަބަރު

ނަޑެއްލާ އާ ބަނދަރު ހަދަން ބީލަމަށް

ގދ. ނަޑެއްލާ ބަނދަރު އަލުން ނިންމާފައިވާތީ އެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށް ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 1،500ރ. ދައްކަން ޖެހެ އެވެ.

މީގެ އިތުރުން ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 455,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.