Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ކަންޔޭ ބުނަނީ އޯޓިޒަމް ހުރި ކަމަށް

އޯޓިޒަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އެމެރިކާގެ މަޝްހޫރު މިއުޒިޝަން ކަންޔޭ ވެސްޓް ބުނެފި އެވެ.

ޖަސްޓިން ލެބޯއިގެ ޕޮޑްކާސްޓް ޝޯ "ދަ ޑައުންލޯޑް" ގައި މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީ ފިރިމީހާ ބުނީ އޭނަގެ އޯޓިޒަމް ހުރިކަން އެނގުނީ މިހާރުގެ އަންހެނުން ބިއަންކާ ސެމްސޯރީގެ ލަފާގެ މަތިން ޑޮކްޓަރަށް ދެއްކުން ކަމަށެވެ. ކަންޔޭ ބުނި ގޮތުގައި އޭނަ އަށް ދިމާވެފައިވާ ސިއްހީ މައްސަލަތައް ގުޅިފައި ވަނީ ބައިޕޯލާ ޑިސްއޯޑާއާ ކަމަށް ކުރިން ގަބޫލު ކުރެވިފައި އޮތް ކަމަށެވެ.

"ނަމަވެސް އަންހެނުން ބުނީ ބައިޕޯލާގެ ބަދަލުފައި އަހަރެންގެ ކިބައިގައި އެހެން ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށް، އެހެންވެ އޭނަ އަހަރެން ގޮވައިގެން ޑޮލްޓަރަށް ދިޔައިމަ މި އެނގުނީ އަސްލު ބައިޕޯލާޑިސްއޯޑާއެއްއް ނޫންކަން އުޅެނި. އޯޓިޒަމްކަން ހުރީ." ހަތަރު ކުދިންގެ ބައްޕަ ބުންޏެވެ.

އާ އަހަރު ފާހަގަކުރަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވެސް އައި ކަންޔޭ، 47، ބުނީ ބައިޕޯލާ އަށް ކުރިން ހޯދަމުން އައި ފަރުވާ ވެސް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.