Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މާލެ އަށް ތިމާވެއްޓާ ރައްޓެހި ޕާކިން ބިލްޑިންތަކެއް

މާލޭގައި ތިމާވެއްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ހިންގާ ހަތަރު ޕާކިން ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒް، ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން އެހީގެ ދަށުންނެވެ. އަދި މި މަޝްރޫއުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިމާވެފައިވާ ޕާކިން ދަތިކަމަށް ޙައްލެއް ލިބި، އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާ ނެ އެވެ.